ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެޗްއާރުސީއެމްގެ މެމްބަރަކަށް ޝަމްއޫން ހަމީދު އައްޔަންކުރައްވައިފި
ހުނައިދާ ޔާސިރު
04 އޮކްޓޫބަރ 2026 - 14:16
0
comments
ރައީސް ޑރ. މުއިއްޒު އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ ލިޔުން ޝަމްއޫން ހަމީދުއާ ހަވާލުކުރައްވަނީ
Tweet
Telegram
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުކަމަށް އެ ކޮމިޝަނުގައި ކުރިން ވެސް އިސްމަގާމުތައް އަދާކުރެއްވި ޝަމްއޫން ހަމީދު މިއަދު އައްޔަންކުރައްވައިފި އެވެ.
ޝަމްއޫން އެ މަގާމަށް އައްޔަން ކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި ޝަމްއޫން ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ޝަމްއޫނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ޝަމްއޫން ވަނީ 2010 އިން 2012 އަށް އެޗްއާރްސީއެމްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމާއި، 2012 އިން 2016 އަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފަ އެވެ.
ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ރިޕޯޓު ކުރުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ކުރިއަށްގެންދިޔަ ގައުމީ ފެންވަރުގެ ދިރާސާތަކުގައި ޝަމްއޫން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
ޝަމްއޫން އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ޕާމެނެންޓް ސެކްރެޓަރީގެ މަގާމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
އައްޑޫ ކެޑޭޓް ކޭމްޕުގައި ދަރިވަރުން ކާނާ ވިހަވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ
2 މަސް ކުރިން
0
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން ޝަމްއޫން ހަމީދު އާއި ސަމާއުގެ ނަން
3 މަސް ކުރިން
0
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލައިފި
6 މަސް ކުރިން
0
މުޒާހަރާތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފް ކަންކަން ކުރާ ނަމަ ފިޔަވަޅު އަޅަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލީހުގައި ދެން ބަހުސްކުރާނީ ބަލައިގަންނަ ގަރާރަށް އެކަނި
7 މިނެޓް ކުރިން
0
ފެނަކަ ކުރީގެ ހެޑް އޮފް ޕްރޮކިއުމަންޓް މަރިޔަމް ދީނާ ޖަލަށްލާން ހުކުމްކޮށްފި
16 މިނެޓް ކުރިން
0
ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
22 މިނެޓް ކުރިން
0
ރައްޔިތުންގެ ހިޔާލު ނުހޯދާ ހޯރަފުށިން މުއްސަނދިންނަށް ވިއްކަން އުޅޭ ހުސްގޯތިތަކާއި ގެވަޅުތައް!
58 މިނެޓް ކުރިން
0