ޚަބަރު
ހިޔާ ޓަވަރުގެ ކޮމާޝަލް ދެ ޔުނިޓެއް ކުއްޔަށް ދޭން ހުޅުވާލައިފި
ވިިނަރެސް - ފޮޓޯ: މިހާރު
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ކޮމާޝަލް ސަރަހައްދުން އޯޕަން މާކެޓް ޑިމާންޑަށް ޔުނިޓްތަކެއް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފި އެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ ކޮމާޝަލް ޔުނިޓަށް އަންނަ މަހުގެ 1 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.

ހިޔާގެ 16 ޓަވަރުގެ ގްރައުންޑު ފްލޯ ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށެވެ. އެ ތަންތަނުގައި މިހާރު ވެސް ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓު ހިންގަ އެވެ.

ނަމަވެސް، އަލުން އެ ޔުނިޓުތަކަށް ހުޅުވާލީ އެގްރިމެންޓު ހަމަވުމުންނެވެ. 

ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 14:00 ގައެވެ. ހުރިހާ ޕްރޮޕޯސަލްތަކަކާއެކު ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

މި މަޝްރޫޢާ ގުޅޭ އާރްއެފްޕީ ޑޮކިއުމަންޓް އެޗްޑީސީގެ ކޯޕަރޭޓް ވެބްސައިޓް (www.hdc.mv) އަދި ޕްރޮޕަޓީޒް ވެބްސައިޓުން (properties.hdc.mv) ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވުމަށް ވަނީ އެދިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު