ޚަބަރު
ޝަމްއާން މައްސަލައިގައި ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: އިހުސާން
ޝަމްއާން އަދި މިނިސްޓަރު އިހުސާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި އޭނާގެ ތަހުގީގާ ގުޅޭ މައުލޫމާތު ހާމަ ކުރުމަށް ފުލުހުގައި އެދިފައިވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް އިއްޔެ ހުކުމް އިއްވުމުގެ ކުރިން ކްރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވަނީ ހޯމް މިނިސްޓަރު އިހުސާނާއި ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދައުވާތަކާ ކުރިމަތިވީ އެ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތަކެއްގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެންނެވި ހިސާބުން ކަމަށެވެ.

"މިކަން ކުރާ ވާހަކަ ރައީސަށް ދަންނަވާ އެ ކަމުގެ ހެކި ރައީސަށް ހުށަހެޅިން. ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ: މިނިސްޓަރު އިހްސާނާ ދެކޮޅަށް ޝައްމާން ޒާތީގޮތުން ކަންކަންކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހުސާން ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކަ އެއީ ހަގީގަތެއް ނަމަ ދަންނަވަން، ލޯޔަލް ވުމަކީ ތިއެއް ނޫން،" ރައީސާ ހަވާލާދީ ޝަމްޢާން ވިދާޅުވިއެވެ.

ޝަމްޢާންގެ ތުހުމަތުތަކަށް ރައްދުދެއްވައި އިޙްސާން މިއަދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓުގައިވަނީ، ޝަމްޢާންގެ ތުހުމަތުތަކަކީ ސާބިތު ނުހިފޭ، އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

"މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑު ވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު