
"ނޭޝަން ޗެޓް"ގެ ނަމުގައި ޕީއެސްއެމް އިން މިރޭ ދެއްކި ޕްރޮގްރާމެއްގައި ރައީސް ވިދާޅުވީ ސިޔާސީ މީހުންނަށް މިހާރު "ތުރެޓެއް ނޯންނާނެ" ކަމަށާއި އެއީ ކުރީގައި އޮތް ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ ބަދަލުހިފުމުގެ ރޫހު ނައްތާލައި، ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށެވެ.ރާއްޖޭގައި ތިބި ސިޔާސީ މީހުން އެއްވެސް ބިރެއް ނެތް، މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ކަށަވަރުކޮށް ދެއްވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުގައި ރައީސުން ޖަލަށް ލުން އޮތީ "ހޮބީއެއްގެ ގޮތުގައި" ކަަމަށް ސިފަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެއީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އެމީހަކު ސިޔާސީ ގޮތުން ކުރިއަށް ދިއުމުގައި ނޯންނާނެ އެއްވެސް ހުރަހެއް މިގައުމުގައެއް،" ރައީސް ވިދާޅުވި އެވެ.