
މި ސަރުކާރުގައި ވަރަށް ނުފޫޒުގަދަކޮށް އުޅުއްވި ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް ޓަކައި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ވަނީ ނިމުނު ހަފުތާގެ ތެރޭގައި މަޖިލީހަށް ވައްދާފަ އެވެ.މިރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވާހަކަ ދެއްކެވި އެވެ. މުއިއްޒުއަކީ ސިޔާސީ ގޮތުން ގާތް ބޭފުޅުންނަށް ވެސް ބޭވަފާތެރިވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެކަން. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވެރިކަން ބަދަލު ކުރައްވާނެ ކަމުގެ އިންޒާރު މިރޭ ވެސް ނަޝީދު ދެއްވި އެވެ.ނަޝީދުގެ ވާހަކަ ނިންމާލެއްވީ ރައީސް މުއިއްޒަށް ރައްދު ކުރެއްވި ޅެންބައިތެއްގެ ޝަރަހައަކުންނެވެ. އެގޮތުން ވިދާޅުވީ: