
މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.ރައީސް ވިދާޅުވީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސީ މައުލޫމާތުގެ އަލީގައި މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން ފާހަގަވާ ކަމަށެވެ.ރައީސް ވިދާޅުި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ކުރެވޭ ތަކެތިކަން ކަށަވަރު ކުރުމުގައި ސަރުކާރުން ސާބިތުމަކާއެކު މަސައްކަތް ކުރާނެ އެވެ. އަދި އެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެ ންދާ މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލް ކުރުން ހަރުދަނާ ކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.މިފަދަ ދުވަހެއް ފާހަގަކުރާއިރު ދުނިޔޭގައި ހާލުގައި ޖެހިފައިވާ މުޖުތަމައުތައް ހާއްސަކޮށް ޣައްޒާ ހިމެނޭކަން ފާހަގަ ކުރެއްވި އެވެ.