ޚަބަރު
ދިވެހި ހާޖީންނަށް ފްލޫ ކްލިނިކެއް ހުޅުވައިފި
ހައްޖުގެ އަޅުކަމަށް ފަހު އަންނަ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފި އެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގަ އެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ހާޖީން ރާއްޖެ ދަތުރުކުރިއެވެ. ހޯމަ އަދި އަންގާރަ ދުވަހު ފަހު ފްލައިޓު އޮންނާނެ އެވެ.

ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކް ގާއިމުކުރީ މި ފަހަރު ހާޖީންނަށް ފްލޫ ކްލިނިކެއް ގާއިމު ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އން ކުރިން ނިންމުމަށް ފަހު އެެވެ.

އެތަނުން ރޭ ބުނީ ހައްޖުވެރިންނަށް ހާއްސަކޮށްގެން ފުލޫ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ގާއިމުކޮށްފައިވާ ކަަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް މައި ކައުންޓަރާ ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ހިދުމަތް ލިބޭނެ ވެ.

އެޗްޕީއޭ އިން ބުނީ ހާޖީް ފުލޫ ކްލިނިކުން ހިދުމަތް ހޯދަން ދާންވާނީ މާސްކު އަޅައިގެން ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު