ޚަބަރު
އެޗްޕީއޭ، ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލަށް ބަދަލުކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މައި އޮފީހާއި އެ ތަނުން ފޯރުކޮށްދެމުން އައި ހުރިހާ ހިދުމަތްތަކެއް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް އިމާރާތްކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްގެ އިިމާރާތަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭން މިއަދު ބުނެފި އެވެ.

އެ ބަދަލާ އެކު، އެ އެޖެންސީން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް މެންްހަޓަން ބްރޭންޑް ހޮޓެލްސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެ އެޖެންސީގެ ކައުންޓަރުން ލިބޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ މިހާރު ހިންގަނީ ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގްގަ އެވެ.

މިއީ މެންހެޓަން ގްރޭންޑް ހޮޓެލްގެ އިމާރާތަށް ބަދަލުކުރި ދައުލަތުގެ ފުރަތަމަ މުއައްސަސާ އެވެ.

ދައުލަތުގެ ބައެއް އިދާރާތައް އެ ތަނަށް ބަދަލުކުރާނެ ކަމަށްވާއިރު، އެ ތަނުގެ ތިރީ ފަންގިފިލާ ހާއްސަކޮށްފައިވަނީ މިޑީއާ ވިލެޖަށެވެ. މީޑިއާތަކަށް އެ ތަނުން 34 ޖާގަ ދޫކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު