ޚަބަރު
ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން ހަ މަސް ދުވަސް ދީފި
ފިހާރައަކަށް ވިއްކަން ލާފައި ހުރި ޕެކެޓު ކުރި ކާނާ - ފޮޓޯ | މިހާރު
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމަށް އެކުލަވާލާފައިވާ އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެމްއެފްޑީއޭއިން ވަނީ، އެ ގަވައިދު ގެޒެޓުކޮށް އަމަލުކުރަން ފަށާފައެވެ. އެގޮތުން، ގަވައިދުގައިވާ ކަންކަމާ ޚިލާފުވެއްޖެނަމަ، ބޮޑެތި އަދަދުތަކުން އެ އޮތޯރިޓީއަށް ޖޫރިމަނާ ކުރެވެ އެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ގަވައިދަށް އަމަލުކުރަން ފަށާއިރު، ޕެކެޓުކޮށް ލޭބަލް ކޮށްފައިވާ ތަކެތި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ހަ މަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެހެންވެ، ދީފައިވާ މުއްދަތުގެ ތެރޭގައި ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެފްޑީއޭއިން އެދިފައިވެ އެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަމްބަރު 3034217 އަށް ގުޅުމަށް ނުވަތަ foodsafetydivision@health.gov.mv އަށް މެއިލް ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު