ދުނިޔެ
ރާޖަޕަކްސަގެ ދަރިއަކު ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ބްރައިބަރީ ކޮމިޝަނުން ބުނި ގޮތުގައި، ޔޯޝިތަގެ މައްސަލަ ބަލަނީ ޝަރުތުތައް ހަމަނުވެ، ނޭވީގެ މަގާމުތަކުގައި ކުރިއެރުން ހޯދުމާއި، ދައުލަތުގެ ހަރަދުގައި އޮފިސަރުންގެ ތަމްރީނު ހޯދުމަށް އިނގިރޭސިވިލާތަށް ދިޔަ މައްސަލައިގަ އެވެ.

އޭނާއަކީ މަނީ ލޯންޑަރިންގެ ދެ މައްސަލައެއްގައި މީގެ ކުރިން ވެސް ދައުވާ އުފުލި، ގައުމުން ބޭރަށް ދިއުން މަނާކޮށްފައިވާ މީހެކެވެ. އޭނާ ހައްޔަރުކުރުމާ ހަމައަށް ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

"އޭނާ ހައްޔަރުކުރީ، އެންމެ އަސާސީ ޝަރުތުތައް ވެސް ހަމަނުވެ ވަޒީފާއަށް ވަނުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން، އަދި އޭގެ ފަހުން ގައުމުން ބޭރުގެ ތަމްރީނުތަކަށް ދައުލަތުގެ ފައިސާ ބޭނުންކުރުމާ ގުޅޭ ތުހުމަތުގައި،" ކޮމިޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.

ޔޯޝިތަ ރާޖަޕަކްސަ ވަނީ އިނގިރޭސިވިލާތުގެ ނޭވަލް ކޮލެޖެއް ކަމަށްވާ ޑާޓްމައުތުގެ ކޯހެއް ފުރިހަމަކޮށްފަ އެވެ.

ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު 2024 ވަނަ އަހަރުގެ އިންތިހާބުވި، ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ކާމިޔާބު ކުރެއްވި ފަހުން، ރާޖަޕަކްސަ އާއިލާއާ ދެކޮޅަށް ހުރި މައްސަލަތައް ބެލުން ވަނީ ވަރަށް ބޮޑަށް ހަލުވިވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު