
މި ތަކެތި ހަދިޔާކުރީ މިިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.ލަންކާގެ މީޑިއާތަކުން ބުނީ މި އެހީއަކީ ރާއްޖޭގެ ސިއްހަތާއި އާޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އެދިވަޑައިގަތުމަކަށް ލަންކާ ސަރުކާރުން ފޯރުކޮށްދިން އެހީއެއް ކަމށެވެ.މި ބޭސްތައް ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ސިއްހީ ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅު ކުރެއްވީ، ލަންކާގެ ރައީސް ދިސާނަޔަކަގެ ދައުވަތަކަށެވެ.