ޚަބަރު
އަލްއަގްސާގެ ތެރޭގައި އިޒުރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކޮށްފި
އިޒުރޭލުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން އެ މީހުންގެ ހަތިޔާރު އެޅި ސިފައިންގެ ހިމާޔަތުގައި އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެ، އެ ތަނުގައި އިޒުރޭލުގެ ދިދަ ނަގައި އަދި އެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް ހުރަސް އަޅަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފި އެވެ.

ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ސިފައިންގެ ހިމާޔަތް ދީގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ހުންނަ ސަރަހައްދަށް ވަދެގަނެ، އިސްރާއީލުގެ ދިދަ އުފުލުމާއި، އަދި އަލްއަޤްޞާ މިސްކިތަށް ނަމާދުކުރާ މީހުން ވަނުން މަނާކޮށް ހުރަސްއަޅަމުންދާ ކަމަށެވެ. އަދި މިކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

އަލްއަގްސާ މިސްކިތުގެ "ސްޓޭޓަސް ކޯ" ނުވަތަ މިހާރު އޮތް ގޮތް ދެމެހެއްޓުމަށް ހުރި އުސޫލުތަކަށް ބެލުމެއް ނެތި، އިޒުރޭލުން ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ހުއްޓުވައި، ޒިންމާދާރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. 

އެ ބަޔާނުގައި ބުނީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. 

ސަރުކާރުން ވިދާޅުވީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވިދާޅުވަމުންނެވެ. އަދި އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުންވެސް ވަނީ ތަކުރާރުކޮށްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު