ޚަބަރު
ވިސާއާ ނުލައި ސީޝެލްސްއަށް ދެވޭ އެއްބަސްވުމެއް!
ރާއްޖެއާ ސީޝެލްސްއާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. 

އިރުތިޝާމް އިތުރަށް ވިދާޅުވީ، މި ތާރީހީ ނިންމުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު