ޚަބަރު
މިފަހަރު ވެސް ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އިމްދާހު!
ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އިމްދާހު
ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ނިމުނު ދައުރު ވެސް އެ މަގާމު ފުރުއްވި ކައުންސިލަރު އަހުމަދު އިމްދާހު އިންތިހާބުކޮށްފި އެވެ.

އިމްދާހު ނައިބު ރައީސް ކަމަށް އިންތިހާބުކުރީ އިއްޔެ ކުރިއަށްދިޔަ ހޯރަފުށީ ކައުންސިލްގެ 5 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.

ނައިބު ރައީސް ކަމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ އިމްދާހު އެކަންޏެވެ. އިމްދާހު އަކީ ކައުންސިލްގެ 4 ވަނަ ދައުރުގެ ނައިބު ރައީސް ވެސްމެ އެވެ.

ހޯރަފުށީ ކައުންސިލަށް އިންތިހާބުވި މެމްބަރުން ހުވާ ކުރައްވާފައިވަނީ އިއްޔެ ހެނދުނު 9:00 ގައި ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ.

ރައީސް އެކު ހޯރަފުށީ ކައުންސިލްގައި ހިމެނެނީ 5 ކައުންސިލަރުންނެވެ. 5 ވަނަ ދައުރަށް ހޮވުނު ކައުންސިލަރުންގެ ތެރެއިން އިމްދާހު އެ ފެށީ ކައުންސިލްގެ 3 ވަނަ ދައުރެވެ. ދެން ކައުންސިލްގައި ތިއްބެވި އާމިނަތު ވިސާމާ އާއި އަހްމަދު ރައޫފްގެ މީ 2 ވަނަ ދައުރެވެ.

ހޯރަފުށީ ކައުންސިލްގައި ހިމެނޭ މެންބަރުން:

ހޯރަފުށީ ކައުންސިލްގެ ރައީސް  - މުހައްމަދު އަޝްފާމް

ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް  - އަހުމަދު އިމްދާހު

ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު ވިސާމާ

ހޯރަފުށީ ކައުންސިލްގެ މެންބަރު  - އަހްމަދު ރައޫފް

ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު އަބްދުއް ސައްތާރު

މި ދިޔަ މަހު 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހއ. ހޯރަފުށީގެ ހުރިހާ ގޮނޑިއެއް ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ. ކައުންސިލްގެ 4 ވަނަ ދައުރުގެ ހޯރަފުށީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީ އަތުގައި އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު