އަތޮޅުތެރޭގެ 17 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ރޭ ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްއި އެމްބިއުލާންސްތަކުގެ ތަޅުދަނޑި ސިއްޚީ މަރުކަޒުތަކާ ވަނީ ހަވާލުކޮށްފަ އެވެ.އެންބިއުލަންސް ހަވާލުކުރި ރަށްތަކަކީ ށ. ކޮމަންޑޫ، ށ .ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ.ފޮނަދޫ
ގއ.ކޮނޑޭ އަދި ގދ. ވާދު އެވެ.މި ފަހަރު މި ހަވާލުކުރި 17 އެމްބިއުލާންސް އެކު މި ސަރުކާރު އައި ފަހުން ޖުމްލަ 87 އެމްބިއުލާންސް ރަށްރަށަށް ހަވާލުކޮށްފައިވެ އެވެ.މިނިސްޓްރީން ބުނީ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސްވެސް މި އަހަރުގެ ތެރޭގައި ގެނެވި، ރަށްތަކާ ހަވާލު ކުރެވޭނެ ކަމަށެވެ.މި ފަހަރު ގެނައި 31 އެމްބިއުލާސްގެ އަގަކީ 36.2 މިލިއަން ރުފިޔާ އެވެ.