ޚަބަރު
ވިސާއާ ނުލައި 30 ދުވަހަށް ތައިލެންޑަށް ދެވޭ ގޮތް ހަދައިފި
ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މި މަހުގެ 15 އިން ފެށިގެން ލުއިތަކެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރަން ނިންމާފަ އެވެ.

އެ ނިންމުމާއެކު ރާއްޖެ އޮތީ ވިސާއާ ނުލައި 15 ދުވަހު އެ ގައުމުގައި ތިބެވޭ ލިސްޓުގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ތައިލެންޑް ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފޯނުން ގުޅުއްވައި، އެ ނިންމުން ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

"ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވޭ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ބަދަލަށް އަމަލުކުރަން ފަށާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ މަންޒިލެކެވެ. އެ ގައުމުން ވިސާއާ ގުޅިގެން ގެނައި ބަދަލުތަކާއެކު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އެ ޤައުމުގައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު