ޚަބަރު
އިރުތިޝާމް ސައުދީ އަށް، އަބްދުއްރަހީމް ކެމްބޯޑިއާ އަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކެމްބޯޑިއާއަށް ފުރާވަޑައިގެންނެވިއިރު، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވައިފި އެވެ. 

އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ދެ ވަނަ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ)ގައި ބައިވެރިވެވަޑައިގަތުމަށް ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންފަރެންސްގައި "ސުލްހައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގުވާމީ ގާނޫނުތައް ހަރުދަނާކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުލޫއަށް އަބްދުއްރަހީމް ވާހަކަ ދައްކަވާނެ އެވެ. 

އިރުތިޝާމްގެ ދަތުރުފުޅުގެ ބޭނުމަކީ އޮގަނައިޒޭޝަން އޮތް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނެވުމެވެ. އެ ބައްދަލުވުމުގައި އިރުތިޝާމް ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާ އިރު، މި ފަހަރު ބައްދަލުވުމުގައި ވެސް ރާއްޖެ އިން ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު