ހުނައިދާ ޔާސިރު
11 އޮކްޓޫބަރ 2026 - 23:11
0 comments
ސަޢޫދީ ޢަރަބިއްޔާގެ ބައިނަލްއަގްވާމީ ދެ އެއާޕޯޓަކަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން އެ ގައުމުގައި ތިބި އެއްވެސް ދިވެހި ރައްޔިތަކަށް މިހާތަނަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ހާރިޖީ ވުޒާރާއިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސައޫދީ އަރަބިއްޔާގެ އިންޓަނޭޝަނަލް ދެ އެއާޕޯޓަކަށް ދީފައިވާ ހަމަލާތަކާ ގުޅިގެން، އެެެކަން ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު މި ހަމަލާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.ސައުދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާގެ ސަބަބުން އެތައް އާންމުންނެއްގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި
އާންމުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި މިއީ ސައުދީ އާއި މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ."ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސައުދީގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ ރައްދުކުރަން. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން،" އެ ބަޔާނުގައިވެ އެވެ.ރިޕޯޓުތައް ބުނާގޮތުން ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ހޫތީން ވަނީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް މިސާއިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މީގެ އިތުރުން އެ ސަރަހައްދުގެ އެހެނިހެން މުހިންމު އޭވިއޭޝަން މަރުކަޒުތަކަށްވެސް މި ހަމަލާތަކުގެ ނުރައްކާ ކުރިމަތިވެފައިވެ އެވެ.ހޫތީން މިހަމަލާތައް ދިނީ ސައުދީ އަސްކަރީ ކޯލީޝަނުން ހިންގާ އޮޕަރޭޝަންތަކާއި ދިން އިންޒާރުތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހޫތީން ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ދިން ޑްރޯން އަދި މިސައިލް ހަމަލާގައި 12 މީހަކު މަރުވެ، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާގެ ސަބަބުން އެއާޕޯޓަށް ގެއްލުންވެ، ދަތުރުފަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.