ޚަބަރު
ފަހި ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަނީީ
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޓަވަރުތަކުގައި ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފި އެވެ.

އެފްޑީސީގެ "އަމާން އުދަރެސް" އާއި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ ޔުނިޓްތައް ފާހަގަކުރުމަށާއި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި މަސައްކަތެއް ކަމަށާއި ހުރިހާ ޔުނިޓްތަކެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓްތައް އިސްކޮށް އެ ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ. 

އެފްޑީސީގެ ޓަވަރުތަކުގައި ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައި މި ވަނީ ހުޅުމާލޭގައި ހުރި ފްލެޓްތަކުން ކުޑަކުދިން ވެއްޓުމުގެ ހާދިސާތަކެއް ހިނގާފައި ވަނިކޮށެވެ.

އެ ގޮތުން އަންގާރަ ދުވަހު ހުޅުމާލެ ސްޓެލްކޯ ޓަވަރުން ދެ އަހަރުގެ ކުއްޖަކު ވެއްޓި ވަނީ ނިޔާވެފަ އެވެ. އަދި ހޯމަ ދުވަހު އަމާން އުދަރެސްގެ ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވަނީ ވެއްޓިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު