ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާކޮށްފި އެވެ.
އެފްޑީސީން ބުނީ އުސޫލާ ހިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރިކަން ފާހަގަވި މީހަކު ޖޫރިމަނާކޮށް އެފަދަ އިތުރު ދެ މައްސަލައެއްވެސް ބަލަމުންދާ ކަމަށެވެ. އެބާވަތުގެ ކަންކަން ނުކުރުމަށް ތިން މީހަކަށް އިންޒާރުދީފައިވާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ސާފެއް ނޫނެވެ.އެފްޑީސީގެ "އަމާން އުދަރެސް" ފްލެޓެއް، ބިދޭސީންގެ ލޭބާ ކުއާޓާއެއްގެ ގޮތަށް ކުއްޔަށް ދޫކުރުމުން، އެ ފްލެޓުގެ ވެރިފަރާތް 50،000ރ. އިން މިދިޔަ ފެބްރުއަރީގައި ވެސް ޖޫރިމަނާކުރި އެވެ.
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް އެއްބަސްވުގައި އޮވެ އެވެ.