ޚަބަރު
ހޭނައްތާ ޑޮކްޓަރުންގެ ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ
ހޭނައްތާ ޑޮކްޓަރުންގެ ސާކްގެ ޖަމިއްޔާ (ސާކް-އޭއޭ ރީޖަނަލް ބޮޑީ)ގެ 15 ވަނަ ކޮންގްރެސް މި މަހުގެ 15 އިން 16 އަށް އއ. އުކުޅަހުގައި ބާއްވަން ތާވަލުކޮށްފި އެވެ.

މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އެނެސްތީސިއޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭ މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމެވެ.  

މިއީ ސާކް ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން ހިމެނޭހެން 200 ފަރާތެއް ވަނީ ރަޖިސްޓްރީވެފަ އެވެ.

ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާއިން ބުނީ މި ބައްދަލުވުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން އެ ދާއިރާގައި ފާހަގަކޮށްލެވޭ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ބައިވެރިވެ، ކީނޯޓް ސްޕީޗްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ކޮންގްރެސް އިންތިޒާމުކޮށްފައި އޮތް ގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި ސައިންޓިފިކް ދާއިރާގައި މަސައްކަތްކުރައްވާ ރާއްޖޭގެ ހިދުމަތްތެރިންނަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު