ޚަބަރު
އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރާ ބިން އެމްޕީއެލްއާ ހަވާލުކޮށްފި
އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރާ ބިން އެމްޕީއެލްއާ ހަވާލުކުރުން
ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ޤާއިމުކުރުމަށް ބޭނުންވާ ބިން ހޯދުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީޤެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ. 

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް އެމްޕީއެލް އާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮގަސްޓު 1، 2024 އެވެ.

އެމްޕީއެލްއާ އިއްޔެ ބިން ހަވާލުކުރީ ޔޮޓްމެރީނާ ހިންގަން ފަށާތާ ތިން އަހަރު ފަހުން ކުލި ނަގާ ގޮތަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގަކަށް ވާއިރު ގިނަ އަދަދެއްގެ ޔޮޓްތައް މިހާރު ވެސް އުލިގަމު ފަޅުގައި ބަނދަރުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު