ޚަބަރު
އެމްޕީއެލްގައި ގިނައީ ކާޑު ޖަހާފައި ގެއަށް ދާ މީހުން: ނާޒިމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަތިބި ކަމަށާއި އޭގެތެރެއިން ގިނަ މީހުން ކާޑުޖަހާލާފައި ދަނީ ގެއަށް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސް ކުރި ފެނަކައާ ގުޅޭ އޮޑިޓްގެ ވާހަކަ ދައްކަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކޮށް، ބޭކާރު މުވައްޒަފުން މަދު ކުރަން ޖެހޭ ކަމަށެވެ.  

"އަޅުގަނޑުމެން މި ދައްކަނީ 600 މުވައްޒަފުންގެ ވާހަކަ، އެވަރެޖުކޮށް ވިއްސަކަށް ހާސް ރުފިޔާ ނުވަތަ ތިރީހަކަށް ހާސް ރުފިޔާގެ މުސާރަ ކަމަށް ވަންޏާ މި ދައްކަނީ މަހަކު ވިއްސަކަށް މިލިއަން ރުފިޔާ އަޅުގަނޑުމެން ބޭރުކުރާ ވާހަކަ، އެ 20 މިލިއަން ރުފިޔާ ވެސް ދާނީ ޑޮލަރުގެ ފަހަތުން، ގޮއްސަ މިހެން ވަނީ. އަނެއްކާ މީގެ ތެރެއިން ގިނަ މީހުންނަކީ ކާޑު ޖަހައިލައިފައި ގެއަށް ދާ މީހުން ކަމަށް ވަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އުފެއްދުންތެރިކަމެއް ނެތް ގޮތުގައި ކުންފުނިތަކަށް މީހުން ނަގާކަމަށްވާނަމަ އެއީ އިގްތިސާދަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭ ކަމެއް ކަމަށެވެ. އަދި ބަޖެޓްގެ ވަރަށް ބޮޑުބައެއް މިފަދަ އުފެއްދުންތެރިކަމެއް ނެތް މީހުންނަށް މުސާރަދިނުންފަދަ ކަންކަމަށްދާކަންވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

"މިގޮތަށް އުފެއްދުންތެރިކަން ނެތް ގޮތުގައި ކުންފުނިތަކުގެ ވަޒީފާއަށް މީހުން ނުކުންނަ ކަމުގައިވާނަމަ، އެއީ އަޅުގަނޑުމެންގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް."



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު