ޚަބަރު
ޗީފް ސްޓެޓިސްޓީޝަނަކަށް ޑރ. ރިޔާޒް ހަމަޖައްސައިފި
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް، ޑރ. އަހުމަދު ރިޔާޒް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް އޭނަ އައްޔަންކުރީ މިދިޔަ މަހުގެ 23 ގަ އެވެ.

ރިޔާޒް 23 އޯގަސްޓް 2026 އިން ފެށިގެން އައްޔަނުކުރައްވާފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ހާމަކޮށްފައެވެ.

އެޑިއުކޭޝަނަލް ސައިކޮލޮޖީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ރިޔާޒު ހިސާބު ޓީޗަރުކަމާއި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) ގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އެވެ. 

އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެއްޓާ ގުޅޭ ކަންކަމުގެ ތަފާސްހިސާބު އެއްކުރުމާއި އެނަލައިޒްކުރުމަކީ ޗީފް ސްޓެޓިސްޓީޝަންގެ ދައުރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު