ޚަބަރު
ބޯހިމެނުމުގެ މަސައްކަތަށް ޔޫއެންޑީޕީގެ ފަރާތުން 20 ޓެބްލެޓް
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ފަށަން ހަމަޖެހިފައިވާ ބޯހިމެނުގެ މަސައްކަތަށް ޔޫއެންޑީޕީން 20 ޓެބްލެޓް ހަދިޔާކޮށްފި އެވެ.

ޔޫއެންޑީޕީ އިން ޓެބްލެޓްތައް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހަވާލު ކުރީ އެ ދެ އިދާރާ ގުޅިގެން ބޭއްވި "އިންފޯމަލް ސެކްޓާ ސާވޭ 2021" ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައެވެ.

ޔޫއެންޑީޕީގެ ފަރާތުން ޓެބްލެޓްތައް ހަދިޔާ ކުރެއްވީ ރެޒިޑެންޓް ކޯޑިނޭޓަރު އެންރީކޯ ގަވޭލިއާއެވެ. އަދި ޓެބްލެޓުތަކާ ހަވާލުވެވަޑައިގަތީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހުސައިންއެވެ.

ޓެބްލެޓްތައް ހަދިޔާކުރީ ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށް ޔޫއެންޑީޕީން ބުނެއެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 13-25 އަށެވެ. އެމްބީއެސް އިން ބުނީ ސެޕްޓެމްބަރު 25 ގައި ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ނިންމައިލުމަށް ފަހު ވަގުތީ ނަތީޖާ އިއުލާންކުރާނީ އޮކްޓޯބަރު 6 ގަ އެވެ. އަދި ދާއިމީ ނަތީޖާ އިއުލާންކުރާނީ އެ މަހުގެ 20 ގަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ގަ އެވެ،

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު