ޚަބަރު
ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ހުޅުވައިލައިފި
ޗީފް ސްޓެޓިސްޓީޝަން އާއިޝަތު ހަސަން
ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން އިއްޔެ ހުޅުވައިލައިފި އެވެ.

ރައީސް އޮފީހުން މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ޗީފް ސްޓެޓިސްޓީޝަނަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކީ ސްޓެޓިސްޓިކްސް ބިއުރޯ ހިންގުމަށް ފަސް އަހަރުގެ މުއަދަތަކަށް އައްޔަނުކުރާ ފަރާތެކެވެ. ގާނޫނުގެ ދަށުން ޗީފް ސްޓެޓިސްޓީޝަނަކީ އިންތިހާބުކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެންނުވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު