ޚަބަރު
އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެމުންދަނީ މާލެ ސަރަހައްދުގައި
ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައި ކަމަށް ސްޓެޓެސްޓިކް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން ސްޓެޓެސްޓިކް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީ އަކީ މިހާރު 515،132 އެވެ. 

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 211،908 މީހުން ދިރިއުޅެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އެއީ އާބާދީގެ 41 އިންސައްތައެވެ. ރަށްރަށުގައި ދިރިއުޅެމުން އަންނަނީ 236،911 މީހުންނެވެ. އެއީ 46 އިންސައްތައެވެ. - ގިނަ ބަޔަކު ބުނަނީ މާލެ ބަދަލުވާން ޖެހެނީ ރަށްރަށުން ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމު ނުލިބޭތީ ކަމަށެވެ. 

ރިސޯޓްތަކުގައި 52،482 މީހުން އުޅެއެވެ. އެއީ 10 އިންސައްތައެވެ. އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުގައި 13،831 މީހުން ދިރިއުޅެއެވެ. އެއީ 3 އިންސައްތައެވެ.

ރާއްޖޭގައި ދިރިއުޅެމުން އަންނަ އާބާދީގެ ފިރިހެނުންނަކީ 311،994 އެކެވެ. އެއީ އާބާދީގެ 61 އިންސައްތައެވެ. ރާއްޖޭގައި ދިރިއުޅެނީ 203،138 އަންހެނުންނެވެ. އެއީ އާބާދީގެ 39 އިންސައްތައެވެ. ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އަކީ 382،639 އެކެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 74 އިންސައްތައެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ އަކީ 132،393 އެކެވެ. އެއީ 36 އިންސައްތައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު