ޚަބަރު
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ހުޅުވާލައިފި
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފި އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 އާ ހަމައަށެވެ. މިކަމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެކެވެ.

ގާނޫނުގައިވާ ގޮތުން ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ އާންމުކޮށް އިއުލާންކޮށްގެން ހޮވޭ ބޭފުޅެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މިހާރު އެ މަގާމުގައި ހުންނެވީ އައިޝަތު ހަސަނެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ އޮގަސްޓް 20، 2021 ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު