
ސާވޭގެ މަގުސަދަކީ ގޭބިސީގެ އެވްރެޖް ހަރަދާއި އެކި ކަންކަމަށް ހަރަދުކުރާ މިންވަރު ދެނެގަތުމާއިރާއްޖޭގެ ފަގީރު ގެ މިންގަނޑު އެކުލަވާލުމާއި ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ (ސީޕީއައި) ގެ ބުރަދަން އިސްލާހުކުރުމުގެ އިތުރަށް ގޭބިސީގެ އެވްރެޖު އާމްދަ ނީއާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުމެވެ.ސާވޭގައި މާލެ އާއި ސިޓީތަކުން 2،085 ގޭބިސީން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެ އެވެ. އަތޮޅުތަކުން ޖުމްލަ 2،010 ގޭބިސީން މައުލޫމާތު އެއްކުރާނެ އެވެ.މިއާއެކު ޖުމްލަ 4،095 ގޭބިސީއެއްގެ މަޢުލޫމާތު އެއްކުރާނެ އެވެ.