ޚަބަރު
ނާސަރީ އަޅަން އިތުރު 10 ރަށެއްގެ ކައުންސިލަށް އެހީ ދީފި
ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް ހައްދަން އިތުރު 10 ރަށެއްގައި ނާސަރީ އަޅަން ގްރާންޓް ދީފި އެވެ.

އެއްބަސްވުމުގެ ދަށުން ހަދަން ނިންމާފައިވާ ނާސަރީތައް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

އެހީ ލިބުނު ފުރަތަމަ 10 ރަށް

  • ހއ. ކެލާ،
  • ށ. މިލަންދޫ،
  • ނ. ކެނދިކުޅުދޫ،
  • ރ. އިންނަމާދޫ،
  • ބ. މާޅޮސް،
  • އއ. މަތިވެރި،
  • މ. މުލައް،
  • ތ. ކިނބިދޫ،
  • ގއ. ދާންދޫ
  • ގދ. ތިނަދޫ

އެހީ ލިބުނު ދެވަނަ ބުރުގެ ރަށްތައް

  • ހދ. ނޮޅިވަރަން،
  • ކ. ހިންމަފުށި،
  • އދ. ދިއްދޫ،
  • ފ. ދަނރަބޫދޫ،
  • ދ. މީދޫ،
  • ލ. ފޮނަދޫ،
  • ލ. ހިތަދޫ،
  • ގދ. ވާދޫ،
  • ޏ. ފުވައްމުލަށް
  • އައްޑޫ މީދޫ
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި ހެދުމަށް ނިންމާފައިވާ 20 ނާސަރީގައި ގަސްތައް ހެދުމުން އެ ޕްރޮގްރާމަށް ބޭނުންވާ ވަރަށް ގިނަ ގަސްތައް ހަމަޖެހޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ. އެ ނާސަރީތަކަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް ހެއްދޭނެ ކަމަށެވެ.

އޭރުން، ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަޝްރޫއު އިތުރަށް ހަރުދަނާކުރުމަށް، ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު