ޚަބަރު
ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފު އަވަހާރަވެއްޖެ
ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ރިލްވާން އުޅުއްވީ މީގެ ހައެއްކަ މަސް ކުރިން ސްޓްރޯކެއް ޖެހި، އެކަމުގެ ފަރުވާގަ އެވެ.

މެލްބަންގެ އާރުއެމްއައިޓީ ޔުނިވާސިޓީއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަނޭޝަނަލް ބިޒްނަސް/މެނޭޖްމަންޓު ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ރިލްވާން ވަނީ 2011 އިން ފެށިގެން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދިގު މުއްދަތަކަށް އަދާކުރައްވާފަ އެވެ.

އެ މުއްދަތުގައި އޭނާ ވަނީ ވިލާ އެއާގެ ހިންގުމާއި ކުންފުނި ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

ވިލާ އެއާގެ އެމްޑީގެ މަގާމުގެ އިތުރުން ރިލްވާން ވަނީ ސަރުކާރު ކުންފުނިތަކާއި އެކި މިނިސްޓްރީތަކުގެ ވެސް އިސް މަގާމުތަކެއް އަދާކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިރާގުގެ ޗެއާމަންގެ މަގާމު

  • ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑެޕިއުޓީ މިނިސްޓަރުގެ މަގާމު

  • މޯލްޑިވްސް ސްޓޮޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ މަގާމު

ރިލްވާންއަކީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރްއެމްއައިޓީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަނޭޝަނަލް މެނޭޖްމަންޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު