ވިޔަފާރި
ބީއެމްއެލް އިން ސްވައިޕް. ސްޕެންޑް. ވިން. ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

'ސްވައިޕް. ސްޕެންޑް. ވިން.' ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހު 1ގެ ނިޔަލަށެވެ.

މި މި މުއްދަތުގެ ތެރޭގައި:

  • މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނަގާނެ 

  • ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000ރ.ގެ ފައިސާގެ އިނާމު ލިބޭނެ 

  • ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ

އޭގެ އިތުރުން:

  • ހަފުތާގެ ނަސީބުވެރިންނަށް ވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގަ އާއި ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ

  • ޕްރޮމޯޝަން ނިމުމުން ހޮވޭ އިނާމުގެ ނަސީބުވެރިޔާއަށް 25,000ރ.ގެ ފައިސާގެ އިނާމެއް ދޭނެ


މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު