
އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އާ ގުޅިގެން ބީއެމްއެލް އިން އަންނަނީ އަންނަ މަހުން ފެށިގެން މި ހިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުންނެވެ.މި ހިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖޭން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، ޑޮލަރުން އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.