ބޯހިމެނުން: ބިދޭސީ އާބާދީ ދެ ގުނަ އިތުރުވެއްޖެ
އިސްމާއިލް ރިޒާ
31 މާޗް 2023 - 14:20
0 comments
ގިނަ އަދަދެއްގެ ބިދޭސީން ކުޑަ ތަންކޮޅެއްގައި ދިރިއުޅެނީ
ރާއްޖޭގެ އާބާދީއަށް މިދިޔަ ނުވަ އަހަރުގެ ތެރޭގައި 44،317 ދިވެހިން އިތުރުވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި 36,707 ބިދޭސީން އިތުރުވެފައިވާ ކަމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ޖުމްލަ އާބާދީގެ 26 ޕަސެންޓަކީ މިހާރު ބިދޭސީންނެވެ. އެއީ 132،000 އަށް ވުރެ ގިނަ ބިދޭސީންނެވެ. މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އޭރު ބިދޭސީ އާބާދީ އޮތީ 63،000 ގަ އެވެ.މިހާރު ރިސޯޓްތަކާއި ސިނާއީ ސަރަހައްދުތަކުގައި ބިދޭސީންގެ ނިސްބަތް އުޅެނީ 70 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި ކޮންމެ ތިން ދިވެއްސަކަށް މިހާރު ބިދޭސީއަކު އެބަހުއްޓެވެ.ދިވެހިންގެ އާބާދީގެ ކޮންމެ 100 އަންހެނަކަށް، 104 ފިރިހެނުން އެބަތިބި ކަމަށް ހިސާބުތަކުން ދައްކަ އެވެ.މީގެ ތެރެއިން %41 މީހުން ދިރިއުޅެމުން ދަނީ މާލޭގައި ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، %46 ދިރިއުޅެމުން ދަނީ ރަށުގައެވެ. އަދި ރިސޯޓްތަކުގައި %10 މީހުން އުޅޭ ކަމަށް ދައްކާއިރު، ސިނާއީ ރަށްރަށުގައި އުޅޭ ކަމަށް ދައްކަނީ %3 މީހުންނެވެ.މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ކަމަށް ދައްކަނީ އައްޑޫ އަތޮޅުގައެވެ. އެއީ 25،053 މީހުންނެވެ. ދެވަނައަށް އެންމެ ގިނަ މިހުން ދިރިއުޅޭ ކަމަށް ދައްކަނީ ހދ. އަތޮޅުގައެވެ. އެއީ 22،634 މީހުންނެވެ. އެ ލިސްޓުގެ ތިން ވަނަައިގައި އޮތީ ރ. އަތޮޅެވެ. އެ އަތޮޅުގައި 17،565 މީހުން ދިރިއުޅެމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.އަތޮޅު ތެރޭހައި 500 މީހުން ހަމަނުވާ 40 އަށް ވުރެ ގިނަ ރަށް ހިމެނޭ ކަންވެސް ބޯހިމެނުމުގެ ތަފާސްހިސާބުތަކުގައި ބުނެފައިވެ އެވެ.މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުން ފުރަތަމަ ހާމަކޮށްފައިވަނީ އަސާސީ މައުލޫމާތެވެ. މީގެތެރޭގައި ހިމެނެނީ : - އާބާދީ - ދިވެހީންގެ އަދަދު، ބިދޭސީންގެ އަދަދު، ޖިންސާއި އުމުރުފުރާއިން
- ގޭބީސީ - ގޭބީސީގެ އަދަދު، އެވްރެޖްކޮށް ގޭބީސީއެއްގައި އުޅޭ މީހުންންގެ އަދަދު
- ބޯހިމެނުމުގެ ލިސްޓިން އިން ނެގުނު ތަންތަނުގެ އަދަދު - އިމާރާތްތައް، މީހުން ނިދާ ދިރިއުޅޭ ގެ/ ފްލެޓް/ އެޕާޓްމަންޓް/ ލޭބާ ކުއާޓާ/ މަސައްކަތް ހިނގާ ތަންތަނުގެ އަދަދު
ކިޔުންތެރިންގެ ޝުއޫރު