ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށްފި
ޔޫނުސް އިބްރާހިމް
25 އޯގަސްޓް 2026 - 15:18
0 comments
ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކަށް ޖަމާކުރަން ލާޒިމްކޮށްފި އެވެ.
އެ އިސްލާހު ބުނާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަން ޖެހޭނީ އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެމްއެމްއޭން ހުއްދަ ދީފައިވާ ބޭންކެއްގައި، އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށެވެ.މި އިސްލާހަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން 30 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ އެ މީހުންގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ގޮތަށް ގަވައިދު އިސްލާހު ކުރިއިރު، ރާއްޖޭގައި މަސައްކަތްކުރާ ބިިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ނުވަތަ ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުންގެ ތެރެއިން ގަވައިދަށް ފެތެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނެވެ.
ކިޔުންތެރިންގެ ޝުއޫރު