ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފުރަތަމަ ހުށަހެޅީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި ރިސޯޓެއްގެ އާމްދަނީގެ %20 މާރު ކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލު ކޮމެޓީން ފާސްކުރުމަށް ފަހު ތަޅުމަށް ފޮނުވާފައި ވަނިކޮށް ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމެޓީ އަށް ފޮނުވި އެވެ. އެއީ: - ރިސޯޓަށް ލިބޭ ޑޮލަރު އާމްދަނީގެ %40 މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް
ކޮމެޓީ އިން ގެނައި އިސްލާހުތަކުގެެ އިތުރުން ގާނޫނަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިދިޔަ ހޯމަ ދުވަހު އިއުލާނު ކުރެއްވި އެ އިސްލާހު ހިމަނައި ބިލު މަޖިލީހުން މިއަދު ފާސްކުރީ 47 މެންބަރުުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.ގާނޫނަށް މި ބަދަލު ގެންނަން ފާސްކޮށްފައި މި ވަނީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.