ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި
އިސްމާއިލް ރިޒާ
15 ޑިސެމްބަރ 2024 - 14:26
0
comments
Tweet
Telegram
ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ފަށައިފި އެވެ.
މި ސަރވޭ ކުރިއަށްދާނީ ޑިސެމްބަރ 15 އިން 21 އަށެވެ.
މި ސާވޭ ކުރިއަށްގެންދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކަށެވެ. މި ސާވޭއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށްޓަކައި ކުރެވޭ މުހިންމު ސާވޭއެކެވެ. މި ސަރވޭއިން އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތް، މަސައްކަތް ލިބިފައި ނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ ބާޒާރާއި ގުޅޭ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެއެވެ.
ސާވޭގައި މައުލޫމާތު ނަގާނެ މައިގަނޑު ބައިތައް:
* މީހުންގެ އާންމު މައުލޫމާތު
* ހިޖުރަކުރުން
* ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލް
* އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައި ނުވާ އާބާދީގެ ތަފްސީލް
* އާމްދަނީ ލިބޭ އަދި ނުލިބޭގޮތުން ކުރާ މަސައްކަތާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތުހޭދަކުރާ މިންވަރު
* ހިލޭސާބަހަށް ކުރާ މަސައްކަތުގެ ތަފްސީލް
ސްޓެޓިސްޓިކް ބިއުރޯއިން ބުނީ މި ސާވޭގެ ބޭނުމަށް އެއްކުރާނީ މީހުންގެ ތައުލީމީ ފެންވަރާއި އާމްދަނީގެ ތަފުސީލާއި ހިޖުރަކުރުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ހޭދަކުރާ ވަގުތާއި މީހުންގެ އާންމު މައުލޫމާތާއި ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީ އަދި ހިލޭސާބަހަށް މަސައްކަތްކުރާ އާބާދީއާ ގުޅޭ މައުލޫމާތު ކަމަށެވެ.
މިއީ އާންމުންގެ އަގުހުރި ވަގުތާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ސާވޭއަކަށް ވާތީ، މި ސާވޭއަށް އެއްބާރުލުން ދިނުމަށް އާންމުން ހޭދަކުރާ ވަގުތަކީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކުރުމަށް ދެވޭ އަގުހުރި ގައުމީ ހިދުމަތެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ހުޅުވާލައިފި
1 މަސް ކުރިން
0
އިގްތިސާދީ ހިސާބުތައް ބަލައިލެވޭ ޕޯޓަލްއެއް ތައާރަފްކޮށްފި
3 މަސް ކުރިން
0
އާމްދަނީ އަދި ހަރަދުގެ ސާވޭ ރަށްތަކުގައި ފަށައިފި
3 އަހަރު ކުރިން
0
ބޯހިމެނުން: ބިދޭސީ އާބާދީ ދެ ގުނަ އިތުރުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސްޓޭޓް ފާމާއިން ޕާކިސްތާނުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
1 ގަޑިއިރު ކުރިން
0
ނާސަރީ އަޅަން އިތުރު 10 ރަށެއްގެ ކައުންސިލަށް އެހީ ދީފި
1 ގަޑިއިރު ކުރިން
0
ޗީފް ސްޓެޓިސްޓީޝަނަކަށް ޑރ. ރިޔާޒް ހަމަޖައްސައިފި
4 ގަޑިއިރު ކުރިން
0
ވިސާއާ ނުލައި 30 ދުވަހަށް ތައިލެންޑަށް ދެވޭ ގޮތް ހަދައިފި
6 ގަޑިއިރު ކުރިން
0