މާލޭގެ މަގުތައް ހަދަން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި، މާލޭގެ މަގުތައް ތަރައްގީކުރުމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މަގުތައް އެއްކޮށް ތަރައްގީކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއް މީގެ ކުރިން ކުރިއަށްގެންގޮސްފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށެވެ.ޗައިނާގެ އެހީގައި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ވެސް ހިމެނެ އެވެ.
"މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް މި ފެށެނީ. ފެށިގެން ދެން ނިމޭނީ އެއްކޮށް މަސައްކަތް ކޮމްޕްލީޓުކޮށްފައި އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.މަގު ހެދުމުގެ މަޝްރޫއު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މާލޭ ސަރަހައްދަށް އަމާޒުކޮށްގެން މިހާރު ވެސް ކުރިއަށްގެންދަނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓު ދިރިއުޅޭ މި ސަރަހައްދަށް މި ވަގުތަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.