ޚަބަރު
ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާކޮށްފި
ހޮރްމޫޒް ކަނޑުއޮޅި
ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ގައުމުތަކާއި ޖޯޑަން އިން، އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރާއްޖެއިން ކޯ-ސްޕޮންސާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ގަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ޤާނޫނުތަކާ ގުޅޭ ގޮތުން ރާއްޖެއިން ގަބޫލުކުރާ އުޞޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، އާޗިޕެލަޖިކް ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިޞާޞްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

އަދި މި ނިންމުން ނިންމާފައި ވަނީ އެ ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް، ނުވަތަ ކަނޑުގެ ސަރަޙައްދީ އިހުތިޞާޞަށް، ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ދިވެހިރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ  ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ރާއްޖެއިން ބާރު އަޅަމުންދާ ކަމަށެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު