ވިޔަފާރި
މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް ފަށައިފި
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށައިިފި އެވެ.

މާރިޗް 19 ވަނަ ދުވަހު ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދުވަހު އެވެ. އެކަމަކު ޑިމާންޑް އޮތް ނަމަ ދަތުރުތައް އިތުރުކުރުމާ މެދު ވިސްނާނެ ކަމަށްވެސް ގައުމީ އެއާލައިން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދީފައިވެ އެވެ.

މޯލްޑިވިއަން އިން ގެންދަނީ އިންޑިއާ، ބަންގްލަދޭޝް އަދި ޗައިނާއަށްވެސް ޝެޑިއުލް ދަތުރުތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު