
އިއްޔެ ވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްްގެ އަރިހަށް ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ސޫ ކޮކް ލެންގ ވަދާޢީ ޒިޔާރަތެއް ކުރައްވައިފަ އެވެ.މި ބައްދަލު ކުރެއްވުމުގައި، ހައިކޮމިޝަނަރު ލެންގްގެ ދައުރުގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް މިނިސްޓަރު އިރުތިޝާމް ޝުކުރު އަދާކުރެއްވި އެވެ. އަދި ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް މެދުނުކެނޑި ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު ދެންނެވި އެވެ.