ޚަބަރު
ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންކުރަން ފަށައިފި
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ދެމެދުގެ ތަފާސްހިސާބަށް ބަލާއިރު  އޮޕަރޭޝަން ޑޮކްޓަރުންގެ އޯޕީޑީތަކަށް ގިނައިން ދެއްކީ [މި ހިދުމަތް ބޭނުންވޭ] ފަދަ ބަލިތަކަށް ބޭސްކުރަން ޖެހުނު މީހުން ކަމަށެވެ. 

ނަމަވެސް، އެ ބަލިތަކާ ގުޅިގެން އޭރު ކުރި އޮޕަރޭޝަންތަކުގެ ސަބަބުން ބަލި ފަސޭހަވެ، ރަނގަޅުވާން ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ބާއްވަންޖެހުމާއި ބަލި ފަސޭހަވެ، ރަނގަޅުވާން ގިނަ ދުވަސް ނެގުން ހިމެނެ އެވެ. 

ނަމަވެސް، ލޭޒާ ސާޖަރީއާ އެކު އެކަންކަމަށް ވަރަށް ބޮޑު ލުއެއް ލިބޭނެކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެން ކުރެވޭނެ ފަރުވާތަކަކީ ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އެންޑޯވީނަސް ލޭޒާ ޓްރީޓްމެންޓް (އީވީއެލްޓީ) އާއި، ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ކުރާ ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ އެވެ.

މީގެ އިތުރުން ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ ފިސްޓުލާ ޓްރަކްޓް ލޭޒާ ކްލޯސާ (ފިލަކް) އާއި ޕައިލޯނީޑަލް ސައިނަސް އަށް ކުރާ ސައިނަސް ލޭޒާ ކްލޯޒާ (ސިލަކް) އޮޕަރޭޝަން ވެސް މި ޚިދުމަތުގެ ތެރެއިން ކުރިއަށްދާނެއެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ސިއްހީ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސް، ރައްޔިތުންނަށް އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ފަރާތުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު