ޚަބަރު
ހަންޓާވައިރަސްގެ ރިސްކް ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ
ރާއްޖެއަށް ހަންޓާވައިރަސްގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ވެސް މިއަދު ވަނީ މި ބަލިން އާއްމުންނަށް އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށް ބުނެފަ އެވެ. އެއީ އެ ބަލި ފެތުރެނީ، ވަރަށް ގައިގޯޅިވުމުން ކަމަށް ވާތީ އެވެ.

ނުރައްކާތެރި މި ބަލި އާއްމު ގޮތެއްގައި ފެތުރެނީ މީދަލުގެ ތެރޭގަ އެވެ. އިންސާނުންނާ ހަމައަށް ބަލި އަންނަނީ ނާދިރު ހާލަތެއްގައި ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ރާއްޖޭގެ އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރި "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ އެ ބޯޓުން ފެނުނު އެ ބަލީގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމަށްވާ ޑަބްލިއުއެޗްއޯއާ ގުޅިގެން މޮނީޓާކުރަމުންދާ ކަމަށެވެ. 

ރާއްޖެއިން މިހާތަނަށް އެ ބަލީގެ އެއްވެސް ކޭހެއް އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް،" އޭނާ ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު