ޚަބަރު
ލޭގެ ބަލިތަކަށް ހާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރަކަށް ޒީނާ
ޑރ. ޒީނާ.
ހެމަޓޮލޮޖީ ނުވަތަ ލޭގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު ޒީނާ މުހައްމަދު ފުއާދު ހިދުމަތާ ގުޅިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. 

ހީމަޓޮލޮޖީއަކީ ލެޔާއި، ލޭ އުފައްދާ ގުނަވަންތަކާއި އަދި ލޭގެ ނިޒާމާ ގުޅިފައިވާ ބަލިތަކަށް ފަރުވާދޭ ބައެކެވެ. ހީމަޓޮލޮޖީން ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޭގެ ކެންސަރާއި ލޭ މަދުވުމާއި ލޭގަނޑުވުމުގެ މައްސަލަތަކާއި ލޭގެ ސެލްތަކާ ގުޅުންހުރި ދިފާއީ ނިޒާމުގެ އެކި މައްސަލަތައް ހިމެނެއެވެ. 

އައިޖީއެމްއެޗް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ލޭގެ ބަލިތަކަށް ޚާއްސަ ދާއިރާއިން ޑރ. ޒީނާ ހޯއްދެވި ކާމިޔާބީއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޭނާގެ ތަޖުރިބާގެ ސަބަބުން ލޭގެ އެކި ބަލިތަކަށް ފަރުވާ ހޯދާ ބަލިމީހުންނަށާއި މުޅި މުޖުތަމައަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

ލެއާ ގުޅޭ ބަލިތަކުން ފުރަތަމަ ފަހަރަށް ދިވެހި ޑޮކްޓަރަކު ތަމްރީނުވެ ހިދުމަތަށް ގުޅުނުއިރު މިފަހުން ވަނީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކަށް، ޑރ. އަލްތާފް އަދްނާން އިސްމާއިލް ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ބަލި މީހުން ބަލަން ފަށައިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު