ވިޔަފާރި
އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވަނީ
އުރީދޫން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ބާއްވާ އުރީދޫ މަސްރޭސް 2026ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވާނެ އެވެ.

ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބޭ އެ މަސް ރޭސް މިއަހަރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކ. މާފުށީގަ އެވެ. 

"އުރީދޫ މަސް ރޭސް" ގައި ބައިވެރިވެވޭނީ ކެޕްޓަނުންނާއި އޮފިޝަލުން ހިމެނޭހެން  12 މީހުން ހިމެނޭ ޓީމުތަކަށެވެ. އަދި އެ ރޭހުގައި ބައިވެރިވުމަށް މިރޭ 12:00 އާ ހަމައަށް ހުށަހެޅޭނެ އެވެ.

އުރީދޫން ބުނީ މަސްރޭހުގައި ފުރުސަތު ދޭނީ ގިނަވެގެން 20 ޓީމަށް ކަމަށެވެ. އެހެންވެ، 20 ޓީމަށް ވުރެ އިތުރުވާ ނަމަ، ފުރުސަތު ދޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް، ފައިސާ ދެއްކި 20 ޓީމަށް ކަމަށް އުރީދޫން ބުންޏެވެ.

މިއަހަރުގެ މަސް ރޭހަށް ވެސް އުރީދޫން ވަނީ ފައިސާގެ އިނާމު ހުށަހަޅާފައިވެ އެވެ. އެގޮތުން އެއް ވަނައަށް 25،000ރ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް 1،000ރ. ގެ ފައިސާގެ އިނާމާއި އެންމެ ބަރު މަސް ބާނާ މީހަކަށް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. 

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު