ޚަބަރު
ސަރުކާރުގެ އައިނު ފިހާރަތަކުން 23،847 އައިނު ހަދައިފި
ސަރުކާރު ހޮސްޕިޓަލްތަކުގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް ޖުމްލަ 23،847 އައިނު ހައްދާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފި އެވެ.

އެމްސީޖީއެޗުން ބުނީ، ސަރުކާރު ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް ޖުމްލަ 23،847 އައިނު ހައްދާފައިވާ ކަމަށެވެ. މީގެތެރެއިން ގިނަ އަދަދެއްގެ އައިނު މިހާރު ތައްޔާރުކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ރަސްމީކޮށް އައިނުގެ ވިޔަފާރިއަށް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އައިޖީއެމްއެޗުގައި ހުޅުވި ފިހާރައަށްފަހު ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ އައިނު ފިހާރައެއް ހުޅުވައިފަ އެވެ.

އައިނު ހެއްދުމަށް މީގެކުރިން އާސަންދަ އިން ދިނީ ކޮންމެ ދެއަހަރުން އެއް އަހަރު 1,000 ރުފިޔާ އެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ ވަނީ 2,000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު