ޚަބަރު
ނެނޯ ނީޑްލް ބޭނުންކޮށްގެން އައިޖީއެމްއެޗުގައި ހުޅުތަކުގެ އޮޕަރޭޝަން ކުރަން ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލާ އަދި ފަރުވާ ދިނުމަށް ކުރެވޭ ސާޖަރީތައް ކުރަން ފަށައިފިއެވެ. 

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ހިދުމަތެއްކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

ކަށީގެ އޮޕަރޭޝަން ސްޕެޝަލިސްޓް، ޑރ. އިސްމާއިލް ޒާހިރު ވިދާޅުވީ، ހުޅަށް ލިބިފައި ހުރި ގެއްލުން ކެމެރާ ލައްވައި ބަލައި، ކަށިކޮޅެއް އިތުރަށް ބޮޑުވެފައި ހުރިތޯ ބެލޭނެ ކަމަށެވެ. އޭރުން އޮމާންފަށަލަ ހަލާކުވެފައި ހުރިތޯ ބަލައި އަދި ވަށައިގެން ހުންނަ ހާލަތު ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޑައިގްނޯޒް ކުރުމަށް ވަރަށް ފަސޭހަތަކެއް ލިބިގެންދިޔައީ. އެމްއާރުއައި ނުހަދާ ޑައިގްނޯޒް ކުރެވޭނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކުދިކުދި ހުޅުތަކުގެ ފަރުވާއަށް ލިބުނު،" އޭނާ ވިދާޅުވި އެވެ.

ޑރ. އަސަދު ޝަހީދު ވިދާޅުވީ އެ ގޮތަށް އޮޕަރޭޝަނަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލުމާއި ރިހިބިލިޓޭޝަނަށް ފަސޭހަވާނެ ކަމަށެވެ. އެއީ ޑޭ ކެއާއެއް ގޮތަށް ވެސް ކުރެވޭ އޮޕަރޭޝަނަކަށް ވާތީ، އެ ފަދަ އޮޕަރޭޝަންތައް ގިނަވުމަކީ އޮޕަރޭޝަން ސާވިސް އަށް ލިބުނު ކުރިއެރުމެއް ކަމަށް އަސަދު ވިދާޅުވި އެވެ.

އައިޖީއެމް ހޮސްޕިޓަލުން ދަނީ ހުޅުގެ ފަރުވާގައި ޒަމާނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޮކްޓޯބަރ މަހު އެހޮސްޕިޓަލުން ވަނީ ހަތަރު ގުނަ ސާފުކޮށް ފެންނަ، 4K ކޮލިޓީގެ އާތްރޮސްކޯޕިކް ކެމެރާއާއެކު ސަރޖަރީތައް ކުރަން ފަށާފަ އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލަކީ، ޓީޗިން ސްކޫލެއްކަމުން އެހޮސްޕިޓަލުގައި މިފަދަ ޒަމާނީ ވަސީލަތްތަކާއެކު، ސަރޖަރީތައް ކުރެވޭނެ މަގުފަހިވެގެންދިޔުމަކީ، ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިންނަށްވެސް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު