ޚަބަރު
ދިވެހި ހައްޖުވެރިންގެ ފަހު ފްލައިޓް ފުރައިފި
މިއަހަރު ހައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓު ފުރައިފި އެވެ. މިފްލައިޓުގައި 250 އަށްވުރެ ގިނަ ހައްޖުވެރިންވަނީ ފުރާފަ އެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

ހައްޖުގެ އަޅުކަމަށް މިއަހަރު ހައްޖުވެރިން ގެންގޮސްފައިވަނީ، 4 ފްލައިޓުގަ އެވެ. އެއީ، ސަޢުދީއާގެ 2 ފްލައިޓާއި، ގައުމީ އެއާލައިން މޯލްޑިވިއަންގެ 2 ފްލައިޓެވެ. 

މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ނެވެ. މީގެ ސަބަބުން ހައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު