ޚަބަރު
ހައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރައިފި
މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ހައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރައިފި އެވެ.

ހައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރާފައި ވަނީ މިއަދު ހެނދުނު 8:04 ގައި ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

މި ފްލައިޓުގައި 260 ހައްޖުވެރިން ވަނީ ސައުދީ ޢަރަބިއްޔާއަށް ފުރާފަ އެވެ.

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 238 ހައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ވަނީ ފުރަތަމަ އުމްރާ ފުރިހަމަކޮށްފަ އެވެ. 

މިއަހަރު ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހު އެވެ.

މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު