ޚަބަރު
ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފި
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި، ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ފުރައިފި އެވެ.

މި ފަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓު ބާއްވަނީ ސައުދިއާ އެއާލައިންގަ އެވެ. 

މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ހައްޖު ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއްގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކައި ގަޑިތައް

  • ފްލައިޓް 1 - މޭ 15 - ހަވީރު 03:25 ގައި - ސައުދިއާ
  • ފްލައިޓް 2 - މޭ 17 - ހެނދުނު 07:15 ގައި މޯލްޑިވިއަން
  • ފްލައިޓް 3 - މޭ 18 - ހަވީރު 03:25 ގައި - ސައުދިއާ
  • ފްލައިޓް 4 - މޭ 19 - ހެނދުނު 09:45 ގައި މޯލްޑިވިއަން
ހައްޖުވެރިން އެނބުރި އަންނާނީ ޖޫން 5 ވަނަ ދުވަހުން ފެށިގެންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު